ކައުންސިލްގެ ނައިބު ރައީސްގެ މަގާމު ހުސްވުން

 

ކައުންސިލްގެ ނައިބު ރައީސް މިޞްބާޙް މުޖުތަބާގެ އިތުބާރު ނެތްކަމަށް ކައުންސިލްގެ 29 ވަނަ ޖަލްސާއިން ނިންމާފައިވާ ނިންމުން، ނިންމާފައިވަނީ ގަވާއިދު ނަންބަރު 2021/R-143 (ލޯކަލް ކައުންސިލްތަކުގެ އާންމު އިޖްރާއީ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާފައިވާތީ، 04 ޖަނަވަރީ 2022 އިން ފެށިގެން ކައުންސިލްގެ ނައިބު ރައިސް މިޞްބާޙް މުޖުތަބާ، ނައިބު ރައީސްގެ މަގާމުން ވަކިވެފައިވާކަން އެންމެހައި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

ނައިބު ރައީސްގެ މަގާމުން ވަކިވި ނަމަވެސް ކައުންސިލް މެންބަރެއްގެ ގޮތުގައި މެންބަރު މިޞްބާޙް މުޖުތަބާ ކައުންސިލްގައި ހުންނަވާނެއެވެ.

04 ޖަނަވަރީ 2022