މިޝަން އަދި ވިޝަން

ކައުންސިލްގެ މިޝަން

ޤާނޫނާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއެކު، ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް، އެންމެ ޒަމާނީ ވަޞީލަތްތަކާއި ހުނަރު ބޭނުންކޮށްގެން އަވަސްކަމާއި ހަލުވިކަމާއެކު ދެމުންގެންދާ ޒިންމާދާރު ޤާބިލު މުވައްޒަފުންތިބި އިދާރާއަކަށްވުން

ކައުންސިލްގެ ވިޝަން

ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ އަދި ދެމުންގެންދާ ޚިދުމަތްތައް އެންމެ އެކަށޭނަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މާމެންދޫ ކައުންސިލްގެ ދައުރު އިތުރަށް ހަރުދަނާކުރުމާއެކު މުވައްޒަފުންނަކީ ޒަމާނީ ވަޞީލަތްތަކަށް އަހުލުވެރި ޤާބިލު ބަޔަކަށް ހަދައި މާމެންދޫގައި ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީގެ މަޝްރޫޢުތައް ރާވައި ހިންގުން.